ވިލުފުށީގައި އޮތް ތެޔޮ ބޯއްޓެއްގައި އަލިފާން ރޯވެ ދެމީހަކު ފިހިއްޖެ.
- 01 ޖުލައި 2025
މިހާދިސާގައި ފިހުނުކަމަށަވަނީ ރޯވި ބޯއްޓުގެ ވެރިފަރާތާއި، ބޯއްޓުގައި މަސައްކަތްކުރާ ބިދޭސީއެކެވެ. މި ދެމީހުންނަށް މިހާރު ވިލުފުށި ހެލްޓްސެންޓަރ ގައި ފަރުވާދެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
ވިލުފުށީ ކައުންސިލުން މައުލޫމާތު ލިބުނުގޮތުން ބޯއްޓުގައި ރޯވާންދިމާވި ސަބަބަކަށް ވަނީ، ޕެޓްރޯލް ފުލްކޮށް އަޅާފައި ހުއްޓައި ޕަމްޕް ޖެއްސުމުންނެވެ. އަދި އެއްބޯއްޓުގައި ރޯވުމާއި ގުޅިގެން ކައިރީގައި އޮތް ދެވަނަ ބޯއްޓުގައިވެސް ރޯވީ ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޯވި މި ބޯޓުގެ ވެރިފަރާތުން ކުރިން ބޭނުން ކުރަމުން އައި އެހެން ބޯޓެއްގައިވެސް މީގެ 2 އަހަރު ކުރިން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.