ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޙައްޤުބަސް ފަތުރާ، ޤައުމު ފަޚުރުވެރިވާނެ ފަދަ އަމާނާތްތެރި ބަޔަކަށް: ރައީސް
- 08 ޖުލައި 2026
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔުއްވާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވަން." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވިގޮތުގައި، ދިވެހި ލިޔުންތެރިން ވާންޖެހޭނީ މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ އަދި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ، އަމާނާތްތެެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށެވެ. ރައީސްގެ ގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވާފައިވާ އަދި ކުރައްވަމުންދާ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވާފައެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު






