އޭޓީއެމް މެދުވެރިކޮށް މަހަކު ނެގޭ ޑޮލަރުގެ ލިމިޓް 3،500 ޑޮލަރަށް ބަދަލުކޮށްފި

  • 01 އޮކްޓޯބަރ 2026
ބީއެމްއެލް
ފޮންޓު ސައިޒު: ށ ށ ށ

1 އޮކްޓޫބަރު 2026 އިން ފެށިގެން އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރަށް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.

ބީއެމްއެން އިން ބުނިގޮތުގައި މި ބަދަލު ގެނައި ނަމަވެސް ކާޑަކުން ދުވާލަކަށް ނެގޭ 1,600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަވަސް، ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް މާލީ ނިޒާމެއް ކުރިއެރުވުމަށް ބީއެމްއެލް އިން ގެންގުޅޭ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި، ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބޭންކުން ވަނީ މުހިންމު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އެގޮތުން ބީއެމްއެލް މޮބައިލް ބޭންކިންގ އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން އެކައުންޓްގެ އެންމެހައި މުޢާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓައި މެނޭޖްކުރެވެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް އަދި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމާއި، އެކައުންޓްތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބެއެވެ.

Advertisement
Advertisement

ކޮމެންޓް (0)