ހުޅުމާލޭގައި އެކްސިޑެންޓު: ދެމީހަކު އަދިވެސް ވެންޓިލޭޓަރުގައި

  • 08 އޮކްޓޯބަރ 2026
އައިޖީއެމްއެޗް، ދިވެހި ފުލުހުންގެ ހިދުމަތް
ފޮންޓު ސައިޒު: ށ ށ ށ

ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އަޖީއެމްއެޗްއިން ބުނެފިއެވެ.

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެފައިވެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާ ލިބުނު 5 މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށާއި ބާކީ ތިން މީހުން ތިބީ ވޯޑުގައި ކަމަށެވެ

.

މި އެކްސިޑެންޓު ހިނގީ ވަގަށް ނެގި ކަމަށް ބެލެވޭ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލް ވަންވޭއާ އިދިކޮޅަށް އައިއިރު، އެ މީހުން ތިބި ސައިކަލް ގޮސް ޖެހުނީ ގަވައިދާ އެއްގޮތަށް ސައިކަލު ދުއްވާފައި ދިޔަ ދެ ޒުވާނުން ތިބި ސައިކަލުގައެވެ.

މި ދެ ޒުވާނުންނަކީ އެނގިފައިވާ ގޮތުގައި، ދެބެންގެ ދެދަރި ދެ ފިރިހެނުންނެވެ. އެކްސިޑެންޓުގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބުނީ ވެސް އެ ދެ މީހުންނަށެވެ.

އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement
Advertisement

ކޮމެންޓް (0)