އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާރ ސައިޓަކަށް ބޮން އަޅައިފި

  • 22 ޖޫން 2025
ފޮޓޯ: ގޫގުލް
ފޮންޓު ސައިޒު: ށ ށ ށ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާރ ސައިޓަކަށް ވަރަށް ކާމިޔާބު ކަމާއެކު ބޮންއަޅައިފަވާނެކަމަށްށެވެ. އަދި އޭގެތޭގައި ފޯޑޯ، ނަޓަންޒް އަދި އިސްފާހާން ހުރި ނިއުކްލިއާރ ސައިޓްތައް ހިމޭނޭކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ. ކާމިޔާބުކަމާއި އެކު ބޮން އެޅުމަށްފަހު، އެމެރިކާގެ ހުރިހާ މަތިންދާބޯއްޓެއް މިހާރު ވަނީ އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައެވެ.

އިސްރާއީލުން މިހާރުވެސް އީރާނަށް ހަމަލާދެމުން ދާއިރު، އިސްރާއީލް ސިފައިގެން އަމާޒު ހުރީ އީރާންގެ އަސްކަރީ ފެސިލިޓީސް ތަކަށާއި ނިއުކްލިއާރ ސައިޓް ތަކަށް ހަމަލާދިނުމަށެވެ. އިސްރާއިލުން 13 ޖޫން ގައި އީރާނަށް ހަމަލާދިން ފަހުންވެސް، މިހާތަނަށް އީރާނުން ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި 3056 މީހުން ޒަހަމްވެފައިވާކަމަށް އީރާނުން ބުނެފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)