މިދައުރުގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެގެންދާނެ: މިނިސްޓަރު އިޙްސާން

  • 05 ސެޕްޓެމްބަރ 2026
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ފޮންޓު ސައިޒު: ށ ށ ށ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެންދާ އިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާނެ އިންފްރާސްޓްރަކްޗަރތަކާއި މެއިންޕަވާރތައް ގާއިމްވެގެންދާނެ ކަމަށެވެ.

އަދި ފުލުހުންނަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަމްރީނުތައްވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު ވިދާޅުވީ ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސު މިހާރު ވަމުންދާ ކަމަށާއި ފުލުހުންނަށް ބޭނުންވާ ދާއިރާތަކުން ޚާއްސަ ތަމްރީނުތައް ވެސް ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށެވެ.

މީގެ އިތުރަށް ކުރިއަށް މިއޮތް އަހަރަކީ ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަސްތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ ޢައިލާތަކަށް ދަންނަވާފައެވެ.

މިއަދު ކުރިއަށްދިޔަ ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

Advertisement
Advertisement

ކޮމެންޓް (0)