ކިކާޒް ފުޓްބޯލަ ކާނިވަލް 2025 މުބާރާތުގެ ޗެމްޕިއަން ވިލިމާލެ ޔުނައިޓެޑް އެކަޑަމީއިން ހޯދައިފި.
- 23 ޖޫން 2025
މި މުބާރާތުގައި ވިލިމާލެ ޔުނައިޓެޑް އެކަޑަމީއިން ބައިވެރިވެފައިވަނީ، 12 އަހަރުންދަށް އަދި 14އަހަރުންދަށް މި ދެއުމުރުފުރާގަވެ. މުބާރާތުގައި ކުޅުނު މެޗްތަކުން ކާމިޔާބު ހޯދާ، ފައިނަލްގައި މި ދެޓީމް ވެސް ވާދަކުރިއެވެ.
ވިލިމާލެ ޔުނައިޓެޑް އެކަޑަމީގެ ޓީމުން 14އަހަރުންދަށުގެ ފައިނަލް މެޗްގައި ވާދަކޮށްފައިވަނީ ހިލްސް އެފްސީ އާއެވެ. ފައިނަލް މެޗްގައި 1-0 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް އެކަޑަމީއިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
އަދި މި މުބާރާތުގައި ކުޅެވުނު 12 އަހަރުން ދަށުގެ ފައިނަލް މެޗްގައި ވިލިމާލެ ޔުނައިޓެޑް އެކަޑަމީ ވާދަކޮށްފައި ވަނީ ގޭޓްވޭވަން އެކަޑަމީ އާއެވެ. ފައިނަލް މެޗްގައި 1-0 ގެ ނަތީޖާއަކުން ވިލިމާލެ ޔުންއިޓެޑް އެކަޑަމީ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
14 އަހަރުންދަށު ގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ ޓީމްގެ މުޙައްމަދު އާކިލް ޔަމީނެވެ. އަދި 12އަހަރުން ދަށު ގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިމާލެ ޔުނައިޓެޑް އެކަޑަމީ ޓީމްގެ އަޙްމަދު ޔުމާން އަމީނެވެ.
މި މުބާރާތް އިންތިޒާމުކޮށް ބާއްވާފައިވަނީ، ކޮލޮމްބޯ- ސްރީލަންކާގެ އެކަޑަމީއެއްކަމަށްވާ ކިކާޒް އެކަޑަމީގެ ފަރާތުންނެވެ. މިއީ މި އެކަޑަމީގެ ފަރާތުން މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. އެހެންނަމަވެސް އިންޓާރ ނޭޝަނަލް މުބާރާތެއްގެ ގޮތަށް، އެހެން ގައުމުތަކަށް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިގެން މި މުބާރާތް ބޭއްވުނު މީ ފުރަތަމަ ފަހަރެވެ.